ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ހިޔާވެހި ފައިނޭންސިންގްގެ ލޯނު ސްކީމުގެ ދަށުން ލޯނު ދޫކުރަން ފަށަން ހައުސިން މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް(ބީއެމްްއެލް)އާއެކު މިއަދު ސޮއިކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެ އެއްބަަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުالله މުއްތަލިބު އެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު ޝަރީފްއެވެ.
މި އެއްބަސްވުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ ބޯހިޔާވެހިކަން ފަސް ޕަސެންޓް ޕްރޮފިޓް ރޭޓުގައި ބޭންކުތަށް މެދުވެރިކޮށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
"ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" ގެ ދަށުން ލޯނުދޫކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް… pic.twitter.com/tz8mDRcm21
— Ministry of Construction, Housing & Infrastructure (@MoCImv) June 24, 2025
މިދިޔަ ނޮވެމްބަރު މަހު އިފްތިތާހުކޮށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލިއިރު އެ ސްކީމުގެ ދަށުން ތިން ވައްތަރެއްގެ ލޯނު ދޫކުރާނެ އެވެ،
އޭގެ ތެރޭގައި ހިމެނެނީ:
- އާބަން ޑެވޮލަޕްމަންޓް ސެންޓަރުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
- ފުރަމާލޭގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
- ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
ހިޔާވަހި ފައިނޭންސިން ސްކީމުގެ ދަށުން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި، 25 އަހަރުގެ މުއްދަތުގެ ތެރޭގައި ދައްކާ ނިންމާ ގޮތަށެވެ.