އަންހެނެއްގެ ކުރީގެ ފިރިމީހާއާއި އޭނާގެ މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރަމާރީއެއް ހިންގައި އެކެއްގެ ބޯ ފަޅާލައިފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ބުރެވި ގަސް މަގުގައި ހުރި ލޮޓެއްގެ ކައިރީގައި މިއަދު މެންދުރު އެކެއް ޖަހާކަންހާ އިރު ހިންގި އެ މާރާމާރީގައި އާއިލާގެ އިތުރުބަޔަކު ވެސް ބައިވެރިވެ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެކެއްގެ ބޯ ފެޅި އަނެކަކަށް ކުދި އަނިޔާ ލިބިފައިވާ ކަމަށެވެ.
ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ އިރު ދެ މީހުން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.