މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާއަށް 50 އޮފިސަރުން ހޯދަން ވޯކިން އިންޓަވިއު އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ވޯކްއިން ޖޮބް އިންޓަވިއު އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު 9 އިން 5 އަށް ކަމަށެވެ. އިންޓަވިއު ކުރިއަށްދާނީ ގަލޮޅު ސްކޫލުގަ އެވެ.
އިމިގްރޭޝަންގެ ޓްރެއިނީ އޮފިސަރުން ނެގުމުގައި ބަލާނެ ޝަރުތުތައް:
- ސާނަވީ ނުވަތަ ސެކަންޑަރީއާ އެއްވަރުގެ އިމްތިހާނުން ދެ މާއްދާއިން މަދުވެގެން “ޑީ” ގްރޭޑެއް ހާސިލްކޮށްފައިވުމާއެކު ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގައި މަދުވެގެން ދިވެހި ބަހުން “ސީ” ގްރޭޑެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން.
- އިއުލާނުކުރާ މުއްދަތު ހަމަވުމުގެ ކުރިން އުމުރުން 40 އަހަރުން ދަށުގެ މީހަކަށްވުން
ވޯކިން އިންޓަވިއުއަށް ގެންދަން ޖެހޭ ލިޔެކިޔުންތައް
- ޖޮބް އެޕްލިކޭޝަން ފޯމް
- ތައުލީމީ ސެޓްފިކެޓްތަކުގެ އޮރިޖިނަލް އާއި ކޮޕީ
- ސީވީ
- އައިޑީ ކާޑުގެ ކޮޕީ
Job Opportunity – 50 Slots. One Day. Walk in and apply!
Read More: https://t.co/c3tecsOj2S pic.twitter.com/UgtHdDBnxJ
— Maldives Immigration (@ImmigrationMV) May 19, 2025
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއީ އެ އިދާރާއިން ބާއްވާ ފުރަތަމަ ވޯކިން އިންޓަވިއު ކަމަށެވެ. މިހާތަނަށް އޮފިސަރުން ނަގަމުން އައީ އެޕްލިކޭޝަންތައް ހުށަހަޅައިގެން ރިވިއުކޮށް އެއަށް ފަހު އިންޓަވިއު ކުރުމަށް ފަހު އެވެ.