
މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ “އޮފިޝަލް އިވެންޓްސް” ގެ މުދާތަކެއް ޕަބްލިކް ސާވިސް މީޑިއާގެ ދެ އިމާރާތެއްގައި ގުދަން ކުރާކަމަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފިއެވެ.
ސުޖާއުގެ އަމިއްލަ ކުންފުނީގެ މުދާ ޕީއެސްއެމްގައި ގުދަން ކުރާތާ އެއް އަހަރު ވެފައިވާކަމަށް ބުނެ އެކަން މިއަދު ރިޕޯޓްކުރީ ރާއްޖޭގެ ނޫހަކުންނެވެ.
ނަމަވެސް އެ ތުހުމަތުތައް ދޮގުކުރައްވައި ޝުޖާއު މިއަދު އެކްސްގައި ވިދާޅުވީ މިއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ނޫހުން އެ ތުހުމަތުތަކާ ގުޅޭ އޭނާއާ ވެސް ސުވާލުކުރުމުން ވެސް އެކަން ދޮގުކުރެއްވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އޭނާގެ “އޮފިޝަލް އިވެންޓްސް”ގެ ޑިރެކްޓަރ އަހްމަދު އަދުހަމަކީ ޕީއެސްއެމްގެ ގެ ބޯޑް ޑިރެކްޓަރެއް ކަމުން ޕީއެސްއެމްގެ ތަފާތު އިވެންޓްތައް އޮފިޝަލް އިވެންޓްސްގެ ސީއެސްއާރުގެ ގެ ދަށުން ހަދައިދެމުން ގެންދާ ކަމަށެވެ.
އަދި ނޫހުން ތުހުމަތުތަކެއްކޮށް ގެނެސްދިން ހަބަރުގައި ޖެހި ފޮޓޯއަަކީ ޕީއެސްއެމްގެ ގެ ނިމިގެންދިޔަ ގުުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ އިވެންޓަށް ގެންދެވިފައިވާ ސާމާނު ކަމަށް ޝުޖާއު ވިދާޅުވިއެވެ.
“އެއީ ވެސް މިކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރެވިފައިވާ މަސައްކަތެއް. އޮފިޝަލް އިވެންޓްސްގެ މުދާ ރައްކާކުރާނެ ގުދަން ހުންނާނެ.މުދާ ރައްކާކުރާނީ އެގުދަންތަކުގައި ތެދު މަޢުލޫމާތު ދިނީމަވެސް ތިޖެހީ ނުބައިކޮށް.” ޝުޖާއު އިތުރަށް ވިދާޅުވިއެވެ.

