
ސަރުކާރުގެ ހަތަރު ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އިން ވަނީ ޑިރެކްޓަރުން އައްޔަނުކުރި ކުންފުނިތަކާއި އެ ބޭފުޅުންގެ ނަންތައް ވެސް ހާމަކޮށްފައެވެ.
އެގޮތުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް، ދ.ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާ ވަނީ އައްޔަންކޮށްފަ އެވެ. ޝާހިދު ބޯޑުގެ މެމްބަރުކަމުގެ މަގާމަށް، އައްޔަނުކުރީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.
އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް، ގ.ބާނީ، އަހުމަދު މާޒިން ވެސް ވަނީ އެކައުންޓްސް އެންޑް ފައިނޭންސިންގެ ދާއިރާއިން އައްޔަނުކޮށްފައެވެ.
އޭގެ އިތުރުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ދ.ކުޑަހުވަދޫ، ތިކުރީތު، މައީޝާ އިބްރާހިމް ވެސް ވަނީ އެކައުންޓިން އެންޑް ފައިނޭންސިންގެ ދާއިރާއިން އައްޔަނުކޮށްފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް، މއ.ޝާހީން، އަބްދުﷲ ޔާމީން ވެސް ވަނީ އެކައުންޓިން އެންޑް ފައިނޭންސިންގެ ދާއިރާއިން އައްޔަނުކޮށްފައެވެ.

