
2024ވަނަ އަހަރު ސިނަމާތަކުގައި ރިލީޒްކުރި ދިވެހި ފިލްމު “މީ އިޝްގް” ބައިސްކޯފަށް އަންނަކަން އިއުލާން ކޮށްފިއެވެ.
ބައިސްކޯފުގައި މިފިލްމު ސްޓްރީމް ކުރަން ނިންމާފައިވަނީ އެޕިސޯޑު ތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ އެޕިސޯޑު މާދަމާ ސްޓްރީމް ކުރާނެ އެވެ. ދެން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހެއްގައި އާ އެޕިސޯޑެއް ސްޓްރީމް ކުރާނެ އެވެ.
މިއީ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓުކޮށްފައިވާ ލޯބީގެ ޑްރާމާއެކެވެ. ފިލްމުގެ ލީޑު ރޯލުން ފެންނަނީ ޝަރަފް އަބްދުالله އަދި އާމިނަތު ރަޝްފާ (އާޝާ) އެވެ. މިއީ އޭނާ ފިލްމީ ދާއިރާއާއި ދުރަށް ދިއުމުގެ ކުރިން ކުޅެފައިވާ ފިލްމެކެވެ.
މީގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން އާމިނަތު ވިސާމާ، ޖިލިޔާން، އަހުމަދު އަބާން. އަމަން އަލީ، އާމިނަތު ރަޝީދާ އަދީ މުހައްމަދު ރަޝީދުގެ އިތުރުން އަހުމަދު ޝާރިފްވެސް ފެނެއެވެ. މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ކ. މާފުށީގެ އިތުރުން މާލޭގަ އެވެ.
މީއިޝްގަކީ އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމެވެ. އޭނާ ވަނީ ނިމިދިޔަ އަހަރު “ލިލީ” ވެސް ޑައިރެކްޓު ކޮށްފަ އެވެ. މިއީ މިދިޔަ އަހަރު ނިކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ.

