
އޭނާގެ ހިކުމަތްތެރި ވިސްނުމާއެކު ޖަޕާނުގެ ކޮންވީނިއަންސް ޓޯރުތަކުގެ ސަގާފަތް މުޅިން ބަދަލުކޮށްލި “ފާދާ އޮފް ޖަޕާންސް ކޮންވީނިއަންސް ސްޓޯ އިންޑަސްޓްރީ” ގެ ނަމުން މަޝްހޫރުވި ޓޮޝިފުމީ ސުޒުކީ، އުމުރުން 93 އަހަރުގައި އަވަހާރަވެއްޖެއެވެ.
ސެވެން އެންޑް އައި ހޯލްޑިންގްސްއިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، ސުޒުކީ އަވަހާރަވީ ހިތް ހުއްޓިގެން މަރުވީ މިދިޔަ މޭ މަހުގެ 18ވަނަ ދުވަހުއެވެ.
1932ވަނަ އަހަރު ޖަޕާނުގެ ނަގާނޯއަށް އުފަންވި ސުޒުކީ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ފޮތް ހޯލްސޭލްކުރާ ކުންފުންޏެއްގައެވެ. އޭގެ ފަހުން 1963 ގައި އޭނާ ގުޅުނީ މަޝްހޫރު ރީޓެއިލް ކުންފުނި “އިޓޯ-ޔޮކާޑޯ” އާއެވެ.
އެ ދުވަސްވަރު ގިނަ ބައެއްގެ ފާޑުކިޔުންތަކާއި މާޔޫސްކަމާ ކުރިމަތިލާންޖެހުނު ނަމަވެސް، ސުޒުކީ އުންމީދު ކަނޑައެއް ނުލައެވެ. އޭނާ ވަނީ 1973ވަނަ އަހަރު އެމެރިކާގެ ސެވަން އިލަވަން ހިންގާ ސައުތުލޭންޑް ކޯޕަރޭޝަނާ ގުޅިގެން “ސެވެން-އިލެވަން ޖަޕާން” އުފައްދާފައެވެ. އަދި އޭގެ ޖެހިގެން އައި 1974ވަނަ އަހަރު، ޓޯކިޔޯގައި އެ ކުންފުނީގެ އެންމެ ފުރަތަމަ ފިހާރަހުޅުވިއެވެ.
ސުޒުކީއަކީ ވިޔަފާރީގެ ތެރެއަށް “ޑޭޓާ ބޭނުންކުރުން” ތައާރަފްކުރި މޭސްތިރިއެކެވެ. ކަސްޓަމަރުން ބޭނުންވާ ތަކެތި ދެނެގަނެ، ތައްޔާރީ ކާނާ އަށް ހާއްސަ އިސްކަމެއްދީގެން އަވަސްއަވަހަށް މުދާ ހުސްކޮށް އައު ކުރުމުގެ ނިޒާމެއް އޭނާ ބިނާކުރިއެވެ. މި އާދަޔާ ހިލާފު ވިސްނުމުގެ ސަބަބުން، ސެވަލް އިލަވަން ވެގެންދިޔައީ ޖަޕާނުގެ ދިރިއުޅުމުގެ ސަގާފަތާ އެކަނި ނުކުރެވޭނެ ފަދަ މުހިންމު ބަޔަކަށެވެ.

