
މަރުގެ އިންޒާރު ދީގެން ކުރިން ޖަލަށްލި މީހަކު އެހެން މައްސަލައެއްގައި ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާންކުރީ ގ. ޑެނޯން / މާލެ، މުޙައްމަދު ޝާން (38އ)އެވެ.
ޝާން ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2026ޖުލައި 28ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ޝާންއަކީ 2014ވަނަ އަހަރު މީހަކަށް މަރުގެ އިންޒާރުދިން މައްސަލަ ސާބިތުވެ ހަ މަސް ދުވަހަށް ޖަލަށް ލި މީހެކެވެ.

