
މާލެ އަދި ހުޅުމާލޭގައި ހިނގި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ގެއްލުނު ހަ ލައްކައަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިދީފިއެވެ.
ފުލުހުން މިއަދު އާންމުކުރި މި މަހުގެ 15އިން 21ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވައްކަމާއި ފޭރުމުގެ މައްސަަލަތައް ތަހުގީގުކޮށް އެންމެ ގިނަ ފައިސާ އަނބުރާ ހޯދީ މާލޭގެ ގަލޮޅު، ހެންވޭރު އަދި މާފަންނުގެ ފުލުހުން ނެވެ. އެގޮތުން 335,338ހޯދައިދީފައި ވެއެވެ.
އަދި ހުޅުމާލޭގެ ދެ ފޭސްގައި ހަރަކާތްތެރިވާ ފުލުހުން ކުރި މަސައްކަތުން 283،710ރުފިޔާ އަނބުރާ ހޯދިއެވެ.
އެއާއެކު ޖުމްލަ އަނބުރާ ހޯދި ފައިސާ 619048އަށް އަރައެވެ. އެ އަދަދަކީ ފައިސާގެ އިތުރުން ގެއްލުނު ތަކެތީގެ އަގުވެސް ހިމަނައިގެން ހިސާބުކުރި އަދަދެއް ކަަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިމަހުގެ 18ވަނަ ދުވަހު ވަނީ ށ. މިލަންދޫގެ ގަރާޖަކުން ވަގަށް ނެތި 120،000ރުފިޔާއަށް ވުރެ އަގު ބޮޑު މުދާ އަނބުރާ ހޯދައިފައެވެ.

