
އޭ ލެވެލް ނުވަތަ މަތީ ސާނަވީން އެންމެ މަތީ ފާސް ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް ހަތް ދަރިވަރަކު ރޭ ހޯދައިފިއެވެ.
އޭ ލެވެލްގައި އެންމެ މަތީ ނަތީޖާތައް ލިބުނު ދަރިވަރުންގެ އަގުވަޒަންކުރުމަށް ރޭ ބޭއްވި ‘ހައި އެޗީވާސް އެވޯޑް’ ރަސްމިއްޔާތުގައި މި ސްކޮލަޝިޕް ހަވާލުކޮށްފައިވަނީ ސީއެޗްއެޗްއެސްއީގެ ހަތަރު ދަރިވަރަކަށާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރެއްގެ އިތުރުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކާއި އަރަބިއްޔާ ސްކޫލްގެ ދަރިވަރަކަށެވެ.
ސްކޮލާޝިޕް ލިބުނު ދަރިވަރުންނަކީ:
- ލީން އަހުމަދު ތޯރިގު، ސީއެޗްއެސްއީ
- އައިޝަތު ނަބީހާ އަމީން، ސީއެޗްއެސްއީ
- ޔަޝާ ޝާފީ ޝަފީގު، ސީއެޗްއެސްއީ
- މާއިޝް މުފީދު، ސީއެޗްއެސްއީ
- ހުސައިން ޔަމީން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު
- އައިޝަތު ލީން އަބްދުﷲ، ޏ. އަތޮޅު ތައުލީމީ މަރުކަޒު
- ލައިލް ހުސައިން ހަމީދު، އަރަބިއްޔާ
މި ސްކޮލާޝިޕް ދެނީ އޭ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް އެ ކުއްޖަކު ބޭނުން ގައުމަކުން ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓައިދޭނެއެވެ.

