
ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، މީކާއިލް ނަސީމްގެ އިތުރުން މުޙައްމަދު (ވާޑް) ކެންޑިޑެސީ ހުށަހަޅުއްވައި، އެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
މި އިންތިހާބަށް އަލްހާން ފަހުމީ ވެސް ވަނީ ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާ ފަހުން ވަނީ ވާދަ ނުކުރައްވަން ނިންމަވައިފައެވެ.
އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުން:
- ކެންޑިޑޭޓް ނަމްބަރު 1 – މުހައްމަދު ނަޝީދު، ގ. ކެނެރީގެ ކ. މާލެ
- ކެންޑިޑޭޓް ނަމްބަރު 2 – އިބްރާހިމް މުހައްމަދު(ވާޑު), ހުދުވިލާގެ ލ. ފޮނަދޫ
- ކެންޑިޑޭޓް ނަމްބަރު 3 – މީކާއިލް އަހުމަދު ނަސީމް، ގ. ބަރޯސާ، ކ. މާލެ
މި މަގާމަށް ތިން ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، ކެމްޕޭނުގެ ފޯރި އާއި ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އެގޮތުން، ރައީސް ނަޝީދުގެ ކެމްޕޭނު ހަރަކާތްތަކުގައި އިބުރޭ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާތީ، އެ މައްސަލަ ގޯސްވެ ޕާޓީގެ އެތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފައެވެ.
މީގެ އިތުރުން، ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅިގެން ކޮށްފައިވާ އިއުލާނެއް ބާތިލުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާކަމުގެ ރިޕޯޓުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އަދި މި އިންތިޚާބުގެ ތެރެއިން ސިޔާސީ ހޫނުކަން ބޮޑުވެފައިވާއިރު، ކެންޑިޑޭޓް މީކާއިލް ވަނީ ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން އޭނާ ކުރެއްވީ ކޮންކަމެއްކަން ސާފުކޮށްދެއްވުމަށް ގޮވާލައްވައިފައެވެ.

