
އެކި ދުވަސްމަތިން ފިހާރައަކުން ވައްކަންކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ އެމްޑީ ކޮފިލް އުއްޑިން(30އ)އެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ އެކި ދުވަސްމަތިން ސެމްސަގް ސްމާޓް ޕްލާޒާ ފިހާރައިން ވައްކަން ކުރުމުގެ ތުހުމަތެވެ.
އެ މައްސަލައިގައި އޭނާ 15ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ އިރު ބަންދާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ވެސް ބިދޭސީ މީހާ ވަނީ ބުނެފައެވެ.
ވައްކަމުގެ މައްސަލަތަކުގައި އާންމުކޮށް ހައްޔަރުކުރަނީ ދިވެހީންނެވެ. އަދި ބިދޭސީން ވައްކަމުގެ ތުހުމަތުގައި ވަރަށް މަދުން ނޫނީ ހައްޔަރެއް ނުކުރެއެވެ.

