
ދެ ލޯންޗެއް ޖެހި މިރޭ ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ފަސް މީހަކަށް ފަރުވާދެމުން އެބަދެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މިރޭ ހިނގި މި އެކްސިޑެންޓްގައި އަނިޔާވި ފަސްމީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓްވި އެއް ލޯންޗަކީ “ލީޖަން 1″ލޯންޗެވެ. އަދި އެކްސިޑެންޓްވި އަނެއް އުޅަނދު މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެކްސިޑެންޓަށް ފަހު “ލީޖަން1 “ވަނީ މާލެ ގެނެސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

