
ރައްޔިތުންގެ ހިމާޔަތުގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ ޤާބިލު ބާރަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ.
ދިވެހި ސިފައިންގެ 134ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު މީސްމީޑިއާ މެދުވެރިކުރައްވައި ދެއްވި ޚިތާބެއްގައި ވިދާޅުވީ، އަސްކަރިއްޔާގެ ފަޚުރުވެރި މާޒީ ރަން އަކުރުން ލިޔެވިފައި ވަނީ، އަމިއްލަ ފުރާނައަށްވުރެ ޤައުމާއި ރައްޔިތުންގެ ސަލާމަތް އިސްކުރި ހިތްވަރުގަދަ ޝަހީދުންނާއި މުޖާހިދުންގެ މަތިވެރި ޤުރުބާނީތަކުން ކަމަށެވެ.
ދިވެހި ސިފައިންގެ 134 އަހަރުގެ ޚިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް. ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ޤާބިލް… pic.twitter.com/ZCOh6KHRr8
— Dr Mohamed Muizzu (@MMuizzu) April 21, 2026
ޤައުމުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ސިފައިން ރެޔާއި ދުވާލު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރައްވައި، ރައީސް ވަނީ މުޅި މުއައްސަސާއަށް ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، މި ފަޚުރުވެރި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ އެންމެހާ ސިފައިންނަށާއި އެބޭފުޅުންގެ ޢާއިލާތަކަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.

