
ގދ. ތިނަދޫގައި ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 2026 އޮކްޓޫބަރު 20ވަނަ ދުވަހު ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މުޙައްމަދު މައިސަން ޝިޔާޒު (21އ)އާއި އަޙްމަދު އިފްތިޝާމް ޒަރީރު (24އ)އާއި ނަޖުމުﷲ ޙަސަން (35އ)އާއި ޢާޒިމް މުފީދު (24އ)އާއި ޢަލީ ޙުޒާމް ސަޢީދު (31އ)އާއި މުޙައްމަދު ޞާލިޙު އަޙްމަދު (26އ)އާއި އަޙްމަދު ނޫޙު ނިޔާޒު (20އ)އާއި މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ)ގެ އިތުރުން އަޙްމަދު ޞާނިޖު ޞާދިޤު (32އ) ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އާއި، ނަޖުމުﷲ ޙަސަން (35އ) އަދި އަޙްމަދު ނޫޙު ނިޔާޒު (20އ) 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެއިތުރުން މުޙައްމަދު މައިސަން ޝިޔާޒު (21އ) 10 ދުވަހަށް، ޢާޒިމް މުފީދު (24އ) 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު (32އ) 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.
މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

