
ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ މީހާ ގެއްލިގެން އެ ކަން ރޭ 22:06 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރޭގެ ވަގުތެއްގައި އޭނާ ފެނިފައިވާ ކަމަށާއި ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހަކީ ޔައުގޫބު ޔޫސުފް ކިޔާ މީހެކެވެ.

