
ހުޅުމާލެ ފޭސް 1ގެ ފަޅުތެރެ ފަރާތުގައި ތަރައްޤީކުރާ “އެސްޖޭ ދިހެރެޔާ ރެސިޑެންސް”އިން އެޕާޓްމަންޓްތައް ބުކްކުރުމުގެ ފުރުސަތު އެސްޖޭ ގްރޫޕުން ހުޅުވާލައިފިއެވެ.
އެސްޖޭގެ މި ފްލެޓްތަކަކީ ޖުމްލަ 90 އެޕާޓްމަންޓް ހިމެނޭ މި މަޝްރޫއުކެވެ. މި ފްލެޓްތަކުގައި 2-ބެޑްރޫމް، 2+1، 3-ބެޑްރޫމް އަދި 3+1 ގެ އެޕާޓްމަންޓްތައް ހިމެނެ އެވެ. މި އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 1,009 އާއި 1,660 އަކަފޫޓާ ދެމެދެވެ.
މި އެޕާޓްމަންޓްތަކުގެ އަގު ފެށެނީ 3.6 މިލިއަން ދިވެހި ރުފިޔާއިންނެވެ. ބުކިން ހަދާއިރު އަގުގެ 50 އިންސައްތަ ދައްކައިފި ނަމަ 2 އިންސައްތައިގެ ޑިސްކައުންޓެއް އަދި ފުރިހަމަ ފައިސާ އެއްކޮށް ދައްކައިފި ނަމަ 5 އިންސައްތައިގެ ޑިސްކައުންޓެއްދެއެވެ. މިތަނުގައި އިންފިނިޓީ ޕޫލް އާއި ޖިމް އަދި އާންމު ޓެރަސް އަދި ބޭސްމަންޓް ޕާކިންގެ އިތުރުން 24 ގަޑިއިރުގެ ސެކިއުރިޓީ އަދި ކޮންމެ ފްލޯއެއްގައި ކުނި އުކާލެވޭނެ އިންތިޒާމު ހިމެނެއެވެ.
އެސްޖޭ ކޮންސްޓްރަކްޝަންއަކީ 1996އިން ފެށިގެން އިމާރާތްކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކުންފުންޏެކެވެ.

