
ވިލިމާލޭގައި ހުންނަ މަސްޖިދުއްސަލާމް ހުރި ބިމުގައި ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ ޒަމާނީ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެ މިސްކިތުގެ ބިންގާ އެޅުއްވައިދެއްވީ މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަމާނީ ފެންވަރަށް މަސްޖިދުއްސަލާމް އަލުން ބިނާކުރާނީ 1000މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ދެ ބުރިއަށް ކަމަށެވެ. އަދި އެ މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2ކުލާސްރޫމާއި އިމާމު ރޫމް ހިމެނޭނެ ކަމަށް ބުންޏެވެ.
މި މިސްކިތުގެ ބިންގާ އަޅައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ޝަހީމްް ވިދާޅުވީ މިއީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް ރީތި މިސްކިތަކަށްވާނެ ކަމަށާއި މިއީ ވިލިމާލޭ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއްކަމަށެވެ.

