
ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ސްކޭމް ހިންގާތީ ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވަމުންދާ ކަމަށާއި އެގޮތުން “ހުޅުމާލެ ޑެއިލީ ރެންޓް”އަދި “ހުޅުމާލެ އެޕާޓްމަންޓް ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905ނަންބަރު ބޭނުންކޮށްގެން އެފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން، އެފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް އެފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަންވެސް ތަހުގީގަށް ފާހަގަ ކުރެވިފައިވާކަން ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން ވަނީ އެޕާޓްމަންޓް ކުއްޔަށް ދޭ ކަމަށް ބުނެ ސްކޭމްތައް ހިންގާ ގޮތުގެ އިތުރު ތަފްސީލުވެސް ހާމަކޮށްފައެވެ. އެފަދަ އުކުޅުތަކުގެ ތެރޭގައި.

