
ހުޅުމާލޭގައި ދެ ސައިކަލުޖެހި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް ފަރުވާދެން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ފޭސް 2، ނިރޮޅުމަގު، ކޭޕީއެސް ކައިރީ ގައި 2 ސައިކަލުޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު 2026 ސެޕްޓެމްބަރު 6ވަނަ ދުވަހުގެ 08:54 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި 2 ސައިކަލުގައި ތިބި 2 މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް، ދެ މީހުންނަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

