
ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ގެންނަން މަސައްކަތްކުރާ މުހިންމު ބަދަލުތަކާ ގުޅޭގޮތުން އެކުދިންގެ އަމިއްލަ ޚިޔާލާއި ޝުޢޫރުތައް ދެނެގަތުމަށްޓަކައި ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޞިއްހަތާއި ޢާއިލާއާއި ޢިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން، މާލެއާއި އަތޮޅުތެރޭގެ އެކި މަދަރުސާތަކަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވި މި ފޯރަމްގެ މައިގަނޑު އަމާޒަކީ، އެކުދިންގެ ޙިމާޔަތާއި ރައްކާތެރިކަމުގެ އިތުރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާމެދު ޤާނޫނުގައި ކަނޑައެޅޭ އުޞޫލުތައް އެކުލަވާލުމުގައި ކުދިންގެ އަޑު އިއްވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމުގައި ކަމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ބައްދަލުވުން އިންތިޒާމުކޮށްފައި ވަނީ އެއްވެސް ޖެހިލުމެއްނެތި މިނިވަންކަމާ އެކު ކުދިންނަށް ވާހަކަދެއްކޭނެ ފަދަ، ކުދިންނާ ގުޅޭ ރައްޓެހި މާޙައުލެއްގައެވެ. މިގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ މާއްދާތަކާމެދު ކުދިން ދެކޭގޮތާއި، މުޖުތަމަޢުގައި އެކުދިންނަށް ކުރިމަތިވާ ތަފާތު ހުރަސްތަކާއި ގޮންޖެހުންތައް ޙައްލުކުރާނެ ގޮތުގެ މައްޗަށް ފުޅާ ދާއިރާއެއްގައި ވަނީ ބަޙުޘްކޮށްފައެވެ.
މި ޙަރަކާތުގެ ތެރެއިން ދަރިވަރުން ފާޅުކުރި އުފެއްދުންތެރި ޚިޔާލުތަކާއި ހުށަހެޅުންތަކުގެ އަލީގައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކުގެ ދެލިކޮޕީ އިތުރަށް ފުރިހަމަކޮށް މުއްސަނދިކުރެވިގެންދާނެކަމުގެ ޔަޤީންކަން ވުޒާރާއިން ވަނީ ދެއްވާފައެވެ.

