
އާސަންދައިގެ އިތުރު ކައުންޓަރުތަކެއް އިތުރު 8 ރަށެއްގައި ހުޅުވައިފިއެވެ.
އާސަންދައިގެ ކައުންޓަރުތައް ހުޅުވި 8 ރަށްތަކަކީ:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ލ. ގަން
- ގދ. ތިނަދޫ
- ޏ. ފުވައްމުލައް
- ދ. ކުޑަހުވަދޫ
މި އަލަށް ހުޅުވުނު އާސަންދަ ކައުންޓަރުތަކާއެކު އަތޮޅުތަކުގެ ރައްޔިތުންނަށް ރަށުން ބޭރަށް ނުގޮސް ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެކަމަށް އާސަންދައިން ބުނެފައިވެއެވެ.
މި 8 ރަށުގައި އާސަންދަ ކައުންޓަރު ހުޅުވުމާއެކު މިހާރު ޖުމްލަ 11 ރަށެއްގައި އާސަންދައިގެ ކައުންޓަރުގެ ހިދުމަތް ލިބެމުންދާނެއެވެ. ކުރިން އާސަންދައިގެ ކައުންޓަރުގެ ހިދުމަތް ލިބެމުންދާނީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.
އާސަންދައިގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެ އެގޮތުން ‘މައި އާސަންދަ ޕޯޓަލް’ މެދުވެރިކޮށް އާސަންދައިން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

