
ބޫޓު ތެރޭގައި ފޮރުވައިގެން ޑުރަގު އެތެރެކުރުމަށް ފަހު އެތަކެއްޗަކީ ރާއްޖޭގައި މަނާ އެއްޗެއްކަމެއް ނޭނގޭކަމަށް އެ މައްސަލައިގައި ހައްޔަރުކުރި އިންޑިއާއަށް ނިސްބަތްވާ ސޫރަޖު ކަރުވާރު(30އ)ބުނެފި އެވެ.
ލަޖެޖު ތެރޭގައި ގެނައި ޓެނިސް ބޫޓެއްގެ ތެރެއިން މަސްތުވާކަތެތި ފެނިގެން ސޫރަޖު ހައްޔަރުކުރީ މިދިޔަ މޭ މަހުގެ ފަހުކޮޅު އެވެ.
އެ މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު މީގެ ކުރިން ވެސް އިތުރުކޮށްފައިވާ އިރު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާ އިތުރު 15 ދުވަހަށް ބަންދުކުރަން ވެސް އަމުރުކޮށްފަ އެވެ.
އެ މައްސަލައިގައި އޭނާ ބަންދު މަޖިލީހުގައި ބުނީ އޭނާ ގެނައި ރަބަރު ޕެކެޓުތަކަކީ ހާބަލް އެއްޗެެއް ކަމަށާއި އިންޑިއާގައި ހުއްދަ ކަމަށާއި ނަމަވެސް ނަމަވެސް ރާއްޖޭގައި އެތަކެތި މަނާކަން ނޭނގޭ ކަމަށެވެ.
އެ މައްސަލައިގައި ސޫރަޖު ހައްޔަރުކޮށް ނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރި އިރު ކެނެބިސްއަށް ވެސް ޕޮޒިިޓިވްވެފައި ވެއެވެ.
ސޫރަޖު ގެނައި ބޫޓު ކިބައިގެ ތެރޭގައި އޮތް ދެ ޕެކެޓު ޓީއެޗްސީއަށް ޕޮޒިޓިވްވި ކަމަށް ވެސް ކުރިން ނެރުނު ކޯޓު އަމުރެއްގައި ބުނެފައިވެއެވެ.
މި ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު އެކަމުގެ ސީރިއަސްކަން ބަޔާންކޮށް އިންޑިއާއިން ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ވެސް ދާދި ފަހުން ނެރެފައެވެ.

