
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިިލީހުން އަމީޒާ އެ މަގާމަށް އައްޔަނުކުރެއްވުމަށް ރުހުން ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޓެކްސް ކޮމިޝަނަރަކު އައްޔަނު ކުރުމަށް ހުށަހެޅުއްވި ނަން ދިރާސާކުރުމަށްފަހު ތަޅުމުގައި ނެގި ވޯޓަކުންނެވެ. މި މަގާމަށް އަމީޒާ އައްޔަނުކުރުމަށް ފާސްވީ ވޯޓުދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
މި މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުުމަށް ހުށަހަޅުއްވާފައިވެއެވެ. އެއީ ހއ. ތަކަންދޫ، ސާދާގެ މުޙައްމަދު ހަލީމް ޢަބްދުﷲ އާއި ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާގެ ނަންފުޅެވެ.
މި މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

