
ބޮޑުތަކުރުފާނުމަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މާލެ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ 2026 ޖުލައި 12ވަނަ ދުވަހުގެ 15:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި އެއީ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުންދާ ވަރަކަށް މީޑިއާތަކާ ހިއްސާކުރައްވާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނުމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

