
ހަތް އަހަރަަށް ފަހު ޝައިހު އިބްރާހިމް ރަޝީދު އިސްލާމީ މަރުކަޒުގެ އިމާމުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝައިރު ރަޝީދު އިސްލާމީ މަރުކަޒުގެ އިމާމުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.
ރަޝީދު ވިދާޅުވީ އެ ނިންމުން ނިންމެވީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ގައުމަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމުގެ ގޮތުން ކަމަށެވެ.
އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގައި މަސައްކަތް ކުރައްވަން ފެއްޓެވިކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
ރަޝީދު ވިދާޅުވީ ހަތް އަހަރު އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ، ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ.
“އަޅުގަނޑަށް އިތުބާރު ކުރައްވާ މި މަޤާމަށް އައްޔަންކުރެއްވި ކަމަށްޓަކައި، ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ އާއި މިހާރުގެ އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ދެއްވި އަގުހުރި ނަސޭހަތާއި، އިރުޝާދަށް ހިތުގެ ފުންމިނުން އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ”އޭނާ އިތުރަށް ވިދާޅުވިއެވެ.

