
މާލެ ސިޓީ ކައުންސިލުގެ މެދުރާސްތާގެ ފައިނޭންޝަލް ޕްލޭންގެ ދަށުން، މަދުވެގެން 1.5ބިލިޔަން ރުފިޔާއާ ހަމައަށް މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ކައުންސިލްގެ ޑިވެލޮޕްމަންޓް ޕްލޭންގައި ކަނޑައެޅިކަން މާލެ ސިޓީ ކައުންސިލްއިން ހާމަކުރީ އިއްޔެއެވެ.
އެ ޑިވޮލޮޕްމަންޓް ޕްލޭންގައި ވާގޮތުން، އެ ކަންކަމަށް ފައިސާ ހޯދުމަށް ރާވާފައިވަނީ، ޕްރަވައިޓް ސެކްޓާއަށް އާންމު ކޮށް ހުޅުވާލައިގެން ނެވެ.
އެގޮތުން އެ ޕްލޭންގައި ޕާކިންގް ބިލްޑިން، ހައުސިން، ލަފާފުރާ ގިމަތަތައް، ޕާކާ މައިޒާންތައް އަދި ކޮމާޝަލް ބިލްޑިން ހިމެނޭނެ ވެ.
އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ކައުންސިލުގެ ބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކުރާ، ބޭސް ރޭޓް ފްރޭމްވޯކެއް އެކުލަވައިލައި ތަންފީޒުކުރުން ހިމެނެއެވެ. ކައުންސިލްގެ މެދުރާސްތާ ޑިވޮލޮޕްމަން ފައިނޭންޝަލް ޕްލޭނުގައިވާގޮތުން، ކައުންސިލުގައި ރިޒާވް ފަންޑެއް ގާއިމުކޮށް، ކައުންސިލަށް އާމްދަނީ އިތުވާނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރުން ހިމެނެއެވެ. އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ޢާމްދަނީ ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
ކައުންސިލްގެ ޢާމްދަނީ އިތުރުކުރުމަށް ޓަކައި ހަރަދު ކުޑަކުރުމަށް ކުރަން ނިންމައިފައިވާ ކަންތައްތަކުގެތެރޭގައި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ވެސް ހިމެނެއެވެ.

