
ބަޖެޓަށް އާމްދަނީ ހޯދަން އިތުރު، 4.1ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް)ވިއްކަން ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހުޅުވާލާފައިވަނީ 29ދުވަހުގެ ޓީ-ބިލް ވިއްކަން ހުޅުވާލާފައިވަނީ އެއް ބިލިއަން ރުފިޔާގެ ޓީ-ބިލެވެ.
މީގެ އިންޓްރެސްޓް ރޭޓަކީ %3.50އެވެ. އަދި 98ދުވަހުގެ ޓީ-ބިލް ވިއްކަން ހުޅުވާލާފައިވަނީ 180މިލިއަން ރުފިޔާގެ ޓީ-ބިލެވެ. މީގެ އިންޓްރެސްޓް ރޭޓަކީ %3.87އެވެ. އަދި 182ދުވަހުގެ ޓީ-ބިލް ވިއްކަން ހުޅުވާލާފައިވަނީ 45މިލިއަން ރުފިޔާގެ ޓީ-ބިލެވެ. މީގެ އިންޓްރެސްޓް ރޭޓަކީ %4.23އެވެ. މީގެ އިތުރުން 364ދުވަހުގެ ޓީ-ބިލް އެންމެ ބޮޑު އަދަދެއް ވިއްކަން ހުޅުވާލާފައިވަނީ އެއް އަހަރު ދުވަހުގެ މި މުއްދަތަށެވެ. އެއީ 2.8ބިލިއަން ރުފިޔާގެ ޓީ-ބިލެވެ. މީގެ އިންޓްރެސްޓް ރޭޓަކީ %4.60އެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ ޖޫން ކުރީކޮޅާ ހަމައަށް ސަރުކާރުން ދޫކޮށްފައިވާ ޖުމްލަ ސެކިއުރިޓީޒްގެ އައުޓްސްޓޭޑިންގް ބެލެންސް ހުރީ 97.1ބިލިއަން ރުފިޔާގައެވެ.

