ފ. މަގޫދޫ ހަދަމުންދާ އެއާޕޯޓަށް ގެއްލުންތަކެއް ދީފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެއާޕޯޓްގައި އިމާރާތް ކޮށްފައިވާ އެއާޕޯޓް ފަޔާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ރޭ ތަޅާލާފައިވާ މައްސަލައެއް މިއަދު ހެނދުނު 07:47 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެމްޓީސީ މަގޫދޫ ސައިޓުގެ ފަރާތުން ކަމަށާއި، މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލޫރިތަށް ތަޅާލުމާއި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަގޫދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު އެމްޓީސީސީ އާ ހަވާލުކުރީ 231.5 މިލިއަން ރުފިޔާއަށް ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މަޝްރޫއުގެ ދަށުން 1،500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއި ފެސެންޖާ ޓާމިނަލް އިމާރާތެއް އެޅުމަށް ވަނީ ނިންމާފަ އެވެ.