ލާމު ލިންކް ރޯޑުގައި ސައިކަލަކާއި ކާރެއް މިރޭ އެކްސިޑެންޓުވެ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގީ މިރޭ ހަތެއް ޖަހާކަށް ހާއިރެވެ.
މި އެކްސިޑެންޓް އަނިޔާވީ ސައިކަލުގައި ތިބި ދެ މީހުނަށެވެ. އެ ދެ މީހުނަކީ ވެސް 44 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.
އޭގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާގެ ފައިގެ ބިނދި ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސައިކަލު ފަހަތުގައި އިން މީހާގެ ބޯ ދެ ތަނަކުން ފަޅައިގެން ގޮސް، ކަނާތު ފައި ދެ ތަނަކުން ބިނދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދެ މީހުނަށް އިތުރު އަނިޔާތަކެއް ވެފައިވާކަން ފުލުހުން ފާހަގަކުރި އެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަން އިނީ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އެެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ދެ އުޅަނދަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަން ފުލުހުން ފާހަގަކުރި އެވެ.