ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޕާކު ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
އެ މާރާމާރީ ގައި އަނިޔާވީ އިންޑިއާގެ ފިރިހެނަކަށެވެ. އެ މީހާ އަށް ހުޅުމާލޭގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ނުބުނެ އެވެ.