
އަހަރުގެ ފުރަތަމަ ކްރޫޒްޝިޕް، އެމްއެސް ކްރިސްޓަލް ސިމްފަނީ ކްރޫޒްލައިނާ ރާއްޖެ އަތުވެއްޖެއެވެ.
އިންޑިއާގެ މުމްބާއީ އާއި ސޯޝެލްސްއާ ދެމެދު ދަތުރުކުރާ މި ކްރޫޒްލައިނާ މިދިޔަ ހޯމަ ދުވަހު ރާއްޖެ އައިސްފައި ވަނީ 479 ފަޖިންޖަރުންނާއި 491 ފަޅުވެރިންނާއެކުއެވެ.
އެ ކްރޫޒްލައިންގައި ރާއްޖެ އައި މީހުންނަށް ބޭނުންވާ ވިސާ ކްލިއަރެންސްގެ އިންތިޒާމުތައް، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިދީފައެވެ.
އެމްއެސް ކްރިސްޓަލް ސިމްފަނީ ކްރޫޒްލައިނާއަކީ ދުނިޔޭގެ މަޝްހޫރު މަންޒިލްތަކަށް ދަތުރުކުރާ މަތީ ފަންތީގެ އުޅަނދެކެވެ. މި އުޅަނދު ވަނީ މިދިޔަ އަހަރުވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައެވެ.

