
އިމިގްރޭޝަނުން އިއްޔެ 04 މަސާޖު ޕާލާއެއް ބަލައި ފާސްކޮށް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަން އިއްޔެ ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ހުޅުމާލޭގައި ހިންގަމުން ދިޔަ 04 ސްޕާއެއް ބަލައި ފާސްކޮށް، ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ ހުޅުމާލޭގައި ހިންގަމުންދިއަ 04 ތަނެއް ބަލައި ފާސްކޮށް، 01 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.@PoliceMv… pic.twitter.com/T0ID6ZII6p
— Maldives Immigration (@ImmigrationMV) January 7, 2026
މިފަދަ ވިޔަފާރިތަކުގައި ނުޤަވައިދުން އުޅޭ ބިދޭސީން ހައްޔަރުކޮށް އޮންނަ އުޞޫލުން އެ ފަރާތްތައް ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި އޮޕަރޭޝަނުގެ ދަށުން 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

