30 ދުވަސް ތެރޭގައި އެމްޑީޕީން 3.6 މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އަށް ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން ނެރުނު ހުކުމުގެ ހުލާސާގައި ވާގޮތުން އެ ހުކުމް އެމްޑީޕީގެ މައްޗަށް ކުރީ އެމްޑީޕީން އައިއޭއެސްއަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ބައިބަޔަށް ދައްކަން ވެފައިވާ އެއްބަސްވުމާ ހިލާފުވެ ފައިސާ ޝެޑިއުލަށް ނުދައްކާތީ އައިއޭއެސްއިން ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެންނެވެ.
ކުރިން އެއްބަސްވެފައިވާ ގޮތުން 5.6 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށް ނިންމަން އޮތީ ހަތް އިންސްޓޯލްމަންޓަށް ބަހާލައިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ.
އެހެން ނަމަވެސް ދެވަނަ އިންސްޓޯލްމަންޓަށް ދައްކަން ޖެހޭ އެއް މިލިއަން ރުފިޔާ ވެސް އެމްޑީޕީން ނުދައްކަ އެވެ.
އެހެންވެ ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ނުދައްކާ ބާކީ އޮތް 3.6 މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން 30 ދުވަސް ތެރޭގައި އެމްޑީޕީން އައިއޭއެސްއަށް ދައްކައި ނިންމަން ހުކުމްކޮށްފަ އެވެ.