
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 3 ކިލޯއަށްވުރެ ގިނަ ނަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަނުގައި 2 އުޅަނދެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 3 ކިލޯއަށްވުރެ ގިނަ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް 36، އާއި ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް 28، އެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަނީފް 5 ދުވަހަށް އަދު އަޒުހަދު 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

