ޓިކްޓޮކްގައި ވީޑިއޯ ކޮންޓެންޓް ގެނެސްދޭ އާމިނަތު ފޭޒްލީން ގދ. ތިނަދޫ ގެއަކަށް ގޮސް ޒުވާބުކޮށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ކަފާލާތު ދައްކައިގެން މިއަދު ދޫކޮށްލައިފި އެވެ.
އާންމުކޮށް ޓިކްޓޮކްގައި ވެސް ބޭއަދަބީ ބަހުން ވާހަކަ ދައްކައިގެން މީހުންގެ ފާޑުކިއުން އަމާޒުވެފައިވާ ފޭޒްލީން އުފަން ރަށް ތިނަދޫން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ދިއުމުން އެ ކޯޓުން ނިންމީ 10 ގަޑިއިރު ތެރޭގައި ކަފާލާތުގެ ގޮތުގައި 10,000 ރުފިޔާ ބަހައްޓައިފިނަމަ ދޫކޮށްލުމަށެވެ.
ފުލުހުން ބުނި ގޮތުގައި މިހާރު އެ ފައިސާ ވަނީ ކޯޓަށް ދައްކައިފަ އެވެ.