
ރާއްޖޭގައި މިހާު ބޭނުންކުރަމުންދާ 100ރުފިޔާގެ އާ ނޫޓުތަކެއް ޗާޕުކޮށްގެން ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެފައިވާ ކަމަށެވެ.
އެހެންވެ އެ ނޫޓުތަކުގެ އާ ސްޓޮކެއް މިއަދު އެމްއެމްއޭއަށް ގެނެސްފައިވާކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50އަހަރު ފުރުމާ ދިމާކޮށް ޕޮލިމާ ކަރުދާހުގައި ޒަމަނީ ސެކިއުރިޓީ ފީޗާސްތަކާއެކު އާ ނޫޓުތަކެއް ނެރުނީ 2016ވަނަ އަަހަރު އެވެ.
އެ ސީރީޒްގައި މިހާރު ހިމެނެނީ 10، 20، 50، 100، 500އަދި 1،000ރުފިޔާގެ ނޫޓުތަކެވެ. އަދި ފަހުން ފަސް ރުފިޔާގެ ނޫޓެއް ވެސް ނެރުނެވެ.

