
ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ މަސް ނިމުނުއިރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ޖަނަވަރީ 1 އިން 31 އަށް ރާއްޖެއަށް ޖުމްލަ 224,788 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.6 އިންސައްތައިގެ ކުރިއެރުމެކެވެ.
އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް:
ޗައިނާ: 28,402 ފަތުރުވެރިން (12.6%)
ރަޝިއާ: 23,398 ފަތުރުވެރިން (10.4%)
އިޓަލީ: 20,412 ފަތުރުވެރިން (9.1%)
އިނގިރޭސިވިލާތް: 18,171 ފަތުރުވެރިން (8.1%)
ޖަރުމަނު: 13,853 ފަތުރުވެރިން (6.2%)
ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ ޖެނުއަރީ މަހު ދުވާލަކު އެވްރެޖްކޮށް 7,251 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މުއްދަތަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެ ފަތުރުވެރިއަކު 7.7 ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ. މިހާތަނަށް ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޖުމްލަ 66,906 އެނދު އެބަހުއްޓެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތައް ހިމެނެ އެވެ.

