ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މާދަމާ ފެށުމަށް ނިންމައިފި އެވެ.
ވިލާ ނޯޓިކަލް މޯލްޑިވްސް ރިސޯޓުގައި ފަށާ އެ ކޮންފަރެންސް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ކޮންފަރެންސް އިންތިޒާމުކުރާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުންޏެވެ.
ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ. ކޮންފަރެންސްގައި ކީ-ނޯޓް ސްޕީކަރުންގެ ގޮތުގައި ޑރ. މާރިޔާ އަލީ އާއި ޑރ. ޝަނޫހާ މަންސޫރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ކޮންފަރެންސްގައި ބައިވެރިވާ ބައެއް ފަރާތްތައް:
- ޔުނިސެފް
- ދިވެހި ފުލުހުންގެ ހިދުމަތް
- ޑްރަގު ކޯޓު
- ނޭޝަނަލް ޑްރަގު އޭޖެންސީ
- ޖުވެނައިލް ކޯޓު
- މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް
- ވިލާ ކޮލެޖު
- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
TOMORROW!#NJJC2025 will spark vital conversations, bold ideas, and real change.
🗓️ May 10 – 12| 📍Villa Nautica Maldives https://t.co/Jp98BGDJVX pic.twitter.com/vjo64l5hLV
— Prosecutor General’s Office (@PGO_MV) May 9, 2025
ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްގައި ކުޑަކުދިން ކުރާ ކުށްތައް އިތުރުވާ މައްސަލަ އާއި އެ ކުދިން ރިހިބިލިޓޭޓް ކުރަން ހުރި ގޮންޖެހުންތަކާއި ކަމާ ގުޅޭ އިދާރާތަކުގެ އެއްބާރުލުން ނުލިބުމުގެ މައްސަލައަށް އަލިއަޅުވާލާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ކޮންފަރެންސްއާ ގުޅޭ ހުރިހާ މައުލޫމާތެއް އެއް ތަނަކުން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ ވެބްސައިޓެއް ވެސް ވަނީ ލޯންޗްކޮށްފަ އެވެ.
ކޮންފަރެންސްގައި ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ ފަންނީ ކަރުދާސްތައް ހުށަހަޅާނެ އެވެ. ފަސް ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ޖުޑިޝަރީ އާއި ޒުވާނުންގެ ޕެނަލް ޑިސްކަޝަންތައް ހިމެނެ އެވެ.