
ޖިންސީ ފުރައްސާރައިގެ މައްލަސައެއްގައި އއ އަތޮޅު ފެރިދޫ ކައުންސިލް ރައީސް އިސްމާޢީލް ޝާހު ސަސްޕެންޑު ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފިއެވެ.
އެލްޖީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފެރިދޫ ކައުންސިލް ރައީސް، އެ ކައުންސިލްގެ އިދާރީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާކަމަށާއި އެއީ ޤާނޫނުން ކައުންސިލްގެ ރައީސަށް މަތިކޮށްފައިވާ ޒިންމާއާ ޚިލާފު ޢަމަލެއްކަމަށެވެ. އަދި އިސްމާޢީލް ޝާހް، ފެރިދޫ ކައުންސިލް ރައީސްގެ މަގާމުން 3 މަސް ދުވަހަށް ސަސްޕެންޑުކޮށް، މުސާރައާއި އިނާޔަތްތައް ވެސް ނުލިބޭނެކަމަށް އެ ބަޔާނުގައިވެއެވެ.
މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުނީ ޖޫން މަހުގެ 16 ވަނަ ދުވަހުކަމަށާއި ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހު ޝާހުގެ މައްޗަށް އެ މައްސަލަ ސާބިތުވާކަމަށް ވަނީ ހުކުމްކޮފައެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަންގާފައިވާނެކަމަށް އެ ބަޔާނުގައިވެއެވެ.
ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފަށް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް އިސްމާޢީލް ޝާހަށް ދިން ނަމަވެސް، އެ މުއްދަތުގައި އެ މައްސަލަ އިސްތިއުނާފުކޮށްއިނުވާކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

