
ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތް ކަމަށްވާ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028 ވަނަ އަރަށް ފަސްކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި އިއްޔެ ނެރުނު ގަރާރެއްގައި ވިދާޅުވީ، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން 1 ލީޓަރާއި، 1 ލީޓަރަށްވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށް، ރާއްޖެ އަށް އެތެރެ ކުރުމާއި ރާއްޖޭގައި އުފެއްދުން މަނާ ކުރުން ތަންފީޒު ކުރުން ފަސްކޮށްފައިވާ ކަމަށެވެ.
ކުރިން އެ ސައިޒުގެ ފެންފުޅި މަނާވާނެ ކަމަށް ކަނޑައަޅުއްވާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މި ގަރާރާއެކު އެ ސައިޒުގެ ފެން ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2028 ގައެވެ.

