ޕޮލިސް ބޯޑުގެ ލަފަޔާއެކު 2021 ވަނަ އަހަރު ފުލުހުންގެ ހިދުމަތުން ވަކިކުރި ދެ ފުލުހަކަށް އަލުން ވަޒީފާ ދީފި އެވެ.
ޕޮލިސް ބޯޑުގެ ލަފަޔާއެކު 2021 ވަނަ އަހަރު ހަތް ފުލުހަކު ވަކިކުރަން ނިންމި އެވެ.
އަދި އެ ހަތް ފުލުހުންގެ ތެރޭގައި ހިމެނުނު އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ދުރުކުރި އިރު ފަސް އޮފިސަރަކު ވަނީ އެ މީހުން މަގާމުން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ބުނެ މައްސަލަ ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ވެސް ނިންމީ އެ އޮފިސަރުންނާ އެއްކޮޅަށެވެ. އެހެންވެ ދައުލަތުން ފަހުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ނިންމީ ދައުލަތާ ދެކޮޅަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކޯޓުގެ ހުކުމްއާއި އެއްގޮތަށް ޖަމްޝީދާއި މުހައްމަދަށް މިއަދު އަލުން ވަޒީފާ ދީފައިވާ ކަމަށެވެ.
އެ ދެ މީހުންނަށް ވަޒީފާ އަލުން ހަމަޖައްސައިދިނީ ސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގަ އެވެ.
އޮފިސަރުން ވަކިކުރުމުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުން އެ މީހުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދީފައެއް ނުވެއެވެ، އަދި ޕޮލިސް ބޯޑަށް އެފަދަ ނިންމުމެއް ނުވެސް ނިންމޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.