![]()
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 16:00 އަށެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ އެއް ގޮނޑިއަށް އިންތިހާބު ކުރާ އަދަދަށްވުރެ ގިނައިން ކުރިމަތިލާފައިވާ ދާއިރާތަކުގައެވެ.
މާލެ ސަރަހައްދުގެ ވޯޓުލުން ކުރިއަށްދަނީ އިސްކަންދަރު ސްކޫލުގައެވެ. އަތޮޅުތެރޭގައި ވޯޓުލުމަށް ހާއްސަކޮށްފައިވާ މަރުކަޒުތަކުގައި ވެސް ވޯޓުލުން ކުރިއަށް އެބަދެއެވެ.
ޕީއެންސީން މީގެ ކުރިން ބުނެފައިވަނީ 97 ޕަސެންޓް ގޮނޑިއަށް ޕްރައިމަރީއަކާ ނުލައި ކެނޑިޑޭޓުން ލިބިފައިވާކަމަށެވެ. އެގޮތުން ސިޓީތަކުގެ ތެރެއިން މޭޔަރުގެ ޕްރައިމަރީ އޮތީ އައްޑޫ ސިޓީގައި އެކަންޏެވެ.
