
ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން މާލޭގެ މޭޔަރު ކަމަށް ނިކުންނާނެ ކެންޑިޑޭޓު އިއުލާންކޮށްފިއެވެ.
ޕީއެންސީއިން އެ މަޤާމަށް ކަނޑައަޅުއްވާފައި ވަނީ ނިޝާން އަސްކަރިޔާގެ ވެރިކަމުގެ ޢިއްޒަތް، އަރުވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ ޢަލީ ޖަލީލެވެ. އެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން، އެކަމަށް ކުރިމަތި ލެއްވީ މޫސާ ޢަލީ ޖަލީލު އެކަނި ކަމަށް ޕީއެންސީއިން މަޢުލާމާތުދެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އަންނަ އަހަރުގެ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.

