
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޓިކެޓުގައި، ނޭޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން، އިސްލާޢީލް ޒަރިޔަންދު މާލޭގެ މޭޔަރު ކަމަށް ވާދަކުރަން ނިންމައިފިއެވެ.
އެކަން އިއުލާނު ކުރީ ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައެވެ. ކުރީގެ މަޝްހޫރު ފުޓުބޯޅަ ކީޕަރު ޒަރިޔަންދު އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބުނީ، އޭނާގެ ނަޒަރުގައި ކުރީގެ ރައީސް އަބްދުالله ޔާމީނަކީ ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް ކަމަށެވެ.
ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ޒަރިޔަންދު ވާދަކުރަން ނިންމާފައިވާއިރު، ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ނިންމާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް މޫސާ ޢަލީ ޖަލީލެވެ.
އެމްޑީޕީގެ ފަރާތުން މޭޔަރު ކަމަށް ނުކުންނަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި، މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމެވެ.

