
އިމާރާތަކުން ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދަށް މާދަމާ ޙުކުމް ކުރުމަށް ކުރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
ރައުދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހަކަށް، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާއެވެ. އަދި ރައުދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޝަރީޢަތުގެ އަޑު އެހުމުގައި އިއުތިރާފުވެފައެވެ. މި މައްސަލައިގެ ހުކުމް ކުރުމަށް ކުރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ މާދަމާގެ 13:00ށެވެ.
ޔުމްނު ރަޝީދު އިމާރާތުން ވެއްޓުނު ހާދިސާ ހިނގާފައި ވަނީ އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ. އޭނާ ވެއްޓިފައި ވަނީ ހ. ފެންޓެނޯއީ ގެއިން، އެ ގެއާ އިންވެގެން ހުރި ހ. މިޓާޒްގޭ ފުރާޅުމައްޗަށެވެ. މި ޙާދިސާގައި ޔުމްނުއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އޭނާ ވަނީ އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވާފައެވެ.

