
ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ގަވާއިދުގެ ދަށުން އެކުލަވާލެވިފައިވާ ޓޫރިޒަމް ޓްރަސްޓް ފަންޑު ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.
އެ ކޮމިޓީގައި ހިމެނިވަޑަައިގަންނަވަނީ ސަރުކާރު އިދާރާގެ ތަމްސީލުކުރާ ހަ ބޭފުޅުން ނެވެ.
އެ ކޮމިޓީގެ މައިގަނޑު މަގުސަދަކީ، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ލިބޭ ފައިސާ، އިންސާފުވެރިކަމާއި ފޮރުވުމެއްނެތި ދެފުށް ފެންނަ ގޮތަކަށް ބެލެހެއްޓުމާއި ހިންގުމެވެ.
އެ ފަންޑުގެ ހަރަކާތްތައް ކޮމިޓީން ބެލެހެއްޓުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ލަފާކުރެވޭކަމަށް މިނިސްޓްރީން ބުންޏެވެ.

