
ރާއްޖޭގައި ހުރި ޓޫރިސްޓު ހިދުމަތްދޭން ހުރި އެނދުގެ އަދަދު 66،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުގެ އަދަދު ވަނީ 66,030 އަށް އަރާފަ އެވެ. އެހެންވެ މިއީ މިދިޔަ އަހަރާ އަޅާ ކިޔާނަމަ ގާތްގަނޑަކަށް 1,290 އެެއްހާ އެނދު އިތުރުވުމެކެވެ.
ރާއްޖޭގައި ހުރި އެނދުގެ އަދަދު
ރިސޯޓް – 44,239
ގެސްޓްހައުސް – 16,060
ސަފާރީ – 3,247
ހޮޓެލް – 2,484
ޓޫރިޒަމް ސްޓެޓިސްޓިކްސް ދައްކާ ގޮތުން ރިސޯޓްތަކުގައި 44,239 އެނދު އެބަހުއްޓެވެ. އަދި ގެސްޓްހައުސްތަކުގައި 16,060 އެނދު އެބަހުއްޓެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު ރިސޯޓް އަދި މެރީނާގެ ގޮތުގައި 176 ރިސޯޓް ހިންގަމުންދެ އެވެ. އަދި ރާއްޖޭގައި ހުރި ގެސްޓްހައުސްގެ އަދަދު ވަނީ 934 އަށް އިތުރުވެފަ އެވެ. އަދި މިހާރު ރާއްޖޭގައި 164 ސަފާރީ ހިންގަމުންދާ ކަމަށް ދައްކަ އެވެ. އެނދުގެ އަދަދު އިތުރުވިނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުތަކުގެ ބޮޑުބައި ބައެއްގެ ހިއްސާ އޮތީ ރިސޯޓްތަކަށެވެ.
ރާއްޖޭގެ ރިސޯޓްތަކުގައި އެނދުތައް ބެހިފައިވާ ގޮތުން ގިނަ އެނދުތަކެއް ހުރީ މާލެ އަތޮޅުގަ އެވެ. ޖުމްލަ އެނދުތަކުގެ އެންމެ ބޮޑު ނިސްބަތެއް (ގާތްގަނޑަކަށް %33 އަށްވުރެ ގިނަ) ހިއްސާކުރަނީ މާލެ އަތޮޅުންނެވެ.

