ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ 17 ޕަސެންޓް ރޭޓުގައި މިއަދުން ފެށިގެން ނަގަން ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީގެ މެމްބަރަކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެ ބިލެއް ހުށަހަޅައި އޮތީ ފާސްކޮށްފަ އެވެ
އެ ބިލުގައި ބުނާ ގޮތުން ޓީޖީއެސްޓީގެ ގޮތުގައި މިއަދުން ފެށިގެން ނަގާނީ 17 ޕަސެންޓްގެ ޓެކްސް އެކެވެ. އަދި އެ އިސްލާހާ އެއްގޮތަށް މިއަދުން ފެށިގެން ވަނީ އެ ރޭޓުގައި ޓީޖީއެސްޓީ ނަގަން ފަށައިފަ އެެވެ.
އޭގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން ދިޔައީ 16 ޕަސެންޓެވެ.
ބާރަ ޕަސެންޓުގައި ނަގަމުންދިޔަ ޓީޖިއެސްޓީ 16 ޕަސެންޓަށް ބޮޑުކުރީ ނިމިގެން ދިޔަ ސަރުކާރުގައި 2023 ވަނަ އަހަރުން ފެށިގެން ނެވެ.