ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވާ ދުވަހު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމައިފި އެވެ.
ކުލަގަދަ ހަފްލާ އަކާއެކު ވީއައިއޭއިން އާ ޓާމިނަލް ހުޅުވަން ތާވަލުކޮށްފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ހަފްލާގެ އެންމެހާ ސަލާމަތީ ކަންކަން ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ ރޭ ހަތަކުން 11:30 އަށް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތައް
- އެއާޕޯޓަށް ވަންނަ މަގާއި ޓާމިނަލް ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަ ދެވިފައިވާ އުޅަނދުތަކަށް
- ނަމަވެސް ޓެކްސީ އަދި އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކަށް ޕޮލިސް ޕޯސްޓު އަދި އިރުމަތީ ފަރާތު ޕާކިން ސަރަހައްދަށް އާދެވޭނެ. އަދި ޓާމިނަލް ސަރަހައްދަށް ދިއުމަށް އެމްއޭސީއެލްގެ އުޅަނދުތައް ހަމަޖައްސާނެ
ޓްރެފިލް ފްލޯއަށް ބަދަލު ގެނަޔަސް ފެރީއާއި ބަހުގެ ހިދުމަތް މާލެއާއި ހުޅުމާލެއިން ހުޅުލެއަށް މެދުނުކެނޑި ދޭނެކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތުގައި ރާއްޖެއިން ބޭރުގެ އިއްޒަތްތެެރިން ވެސް ބައިވެރިވެލައްވާނެ އެވެ.